ދިވެހިރާއްޖެ
ބ.ކިހާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތްކުރާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށައެޅުއްވުން އެދެމެވެ. މިޕްރޮޖެކްޓަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވާރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބަޖެޓްގައި ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފާވާ ޕްރޮޖެކްޓެކެވެ. ވީމާ، މިޕްރޮޖެކްޓަށް އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ތާރީޙުން ފެށިގެން ރަސްމީ 60 ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ބަޖެޓް ހަމަޖައްސަވައިނުދީފިނަމަ މިއިޢުލާނު ބާތިލުކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން
ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވާ އާދިއްތަ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރިހަމަކޮށް މި އިދާރާގެ އީމެއިލް[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވެނެއެވެ.
މަޢުލޫމާތު ސާފުކުރުން:
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2026 އޮގަސްޓް 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި، ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މި ކަރުދާސް ފޮނުވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 3 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.