ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްރިންޓަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
-/3875 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ސްކޫލުން ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ވޯކްޝީޓާއި، އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައި އޮންނަ އުޞޫލުން ޗާޕްކޮށް، ހީރަސްޖަހަންޖެހޭ ތަކެތި ހީރަސްޖަހައި ތައްޔާރުކުރުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓާއި، އެންމެހައި ލިޔެކިއުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދެންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
2. ފޮޓޯކޮޕީ މެޝިނުން ކޮޕީހަދާ ލިޔުންތަކުގެ ހިސާބު، އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ފޮތުގައި ބަރާބަރަށް ރިކޯޑުކޮށް ބެލެހެއްޓުން.
3. ޗާޕުކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނަރ، ކާޓްރިޖް، މާސްޓަރ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި ހުސްވުމުގެ ކުރިން ދުރާލައި އެ ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތަށް އެންގުން.
4. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީ މެޝިންތައް ސަފުކޮށް ބެލެހެއްޓުމަކީ މައްސަލަތައް ޖެހުން މަދުކުރެވޭނެ ކަމެއްކަން ގަބޫލްކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
5. ޗާޕްކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ހާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް، ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުވައިދިނުން.
7. ސްކޫލުގެ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސާމާނުތައް ހޯދުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
8. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ، މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠު:
މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރު.
3- ރަނގަޅު ޞިއްޙަތެއްގައިހުރި، ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.
އިންޓަވިއު ކުރުން:
ހ. 23 ފެބުރުވަރީ 2016 ގައި މި މަޤާމުގެ އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، http://www.csc.gov.mv/category/forms އިން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާމެންދޫ ސްކޫލުގެ އިދާރާއަށެެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާމެންދޫ ސްކޫލުގެ 680549 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
30 ރަބީޢުލްއާޚިރު 1437