ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ތިނަދޫ
ދިވެހިރާއްޖެ
ނަންބަރު: 674-A/2026/46
އިޢުލާން
މިކޯޓުގެ އިރުމަތީ ފަރާތުގައި ޝަޓަރ ގޭޓެއް އަމިއްލަތަކެތީގައި ހަރުކުރުމުގެ މަސައްކަތް
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޯޓުގެ އިރުމަތީ ފަރާތުގައި ގޭޓެއް އެރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކަށެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި |
24 އޮގަސްޓް 2026 |
ހޯމަ |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
03 ސެޕްޓެމްބަރ 2026 |
ބުރާސްފަތި |
13:30 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6841031 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
04 ރަބީޢުލްއައްވަލް 1448
17 އޮގަސްޓް 2026
ނިޒާރު ޢަލީ
ކޯޓު އެޑްމިނިސްޓްރޭޓަރ