މަޤާމު: އެޑިޓަރ
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/10500 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
ނިވްސް އެންޑް ކަރަންޓް އެފެއާޒް
|
މަޤާމުގެ ޝަރުޠު:
|
މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޚަބަރާއި، ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓަށް މެޓީރިއަލް ހޯދުމާއި، ޚަބަރާއި ޕްރޮގްރާމްތައް ތައްޔާރުކުރުން.
- ޚަބަރާއި ކަރަންޓް އެފެއަރޒް އެހެން ކޮންޓެންޓް ތައްޔާރުކޮށް އެއަރކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ނިވްސް ކަވަރޭޖް ދޭންޖެހޭ ކަންކަމުގައި ދާންޖެހޭ ސައިޓްތަކަށް ދިއުމާއި، ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ރިސާރޗް ހަދައި، ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޚަބަރާއި ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓުގެ ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ޕްރެޒެންޓްކުރުން.
- ޚަބަރު ފާހަގަކުރުމާއި، ޚަބަރު މުއްސަނދިކުރުމާއި، ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް، އިސް ފެންވަރެއްގައި ކުރުން.
- ޚަބަރާއި ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓަކީ ޤާނޫނާއި ޤަވާޢިދުތަކާއި ކުންފުނީގެ ކޮންޓެންޓް ކޯޑާ އެއްގޮތަށް ތައްޔާރުކޮށް ފެތުރޭ ކޮންޓެންޓްކަން ޔަގީންކުރުން.
- ނިވްސް ޑިޕާޓްމަންޓުން ފަތުރާ ކޮންޓެންޓް، ފެތުރުމަށް ކަނޑައެޅިފައިވާ ހުރިހާ ފޯމެޓެއްގައި އެންމެ އަވަހަށް ފެތުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އިނގިރޭސިބަހުން ދިވެހިބަހަށް އަދި ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރަންޖެހޭ ނިވްސް ކޮންޓެންޓް ތަރުޖަމާކުރުމާއި، ތަނުގެ އުޞޫލުތަކާ އެއްގޮތަށް އެ ކޮންޓެންޓް ބޭނުންކުރޭގޮތަށް ތައްޔާރުވުން.
- ހަވާލުކުރެވޭ ޔުނިޓް/ޑެސްކްގެ މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތަށް ކަނޑައެޅިފައިވާ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، މޮނިޓަރކުރުމާއި، އެސެސްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ޑިޕާޓްމަންޓާއި، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެ މުވައްޒަފަކާ ހަވާލުކުރެވޭ މަސައްކަތްތައް ކުރަމުން ގެންދިއުން.
|
ވަޒީފާ އަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯރޓް ސައިޒު ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށްޓަކައި 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|