ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-A5/142/2026/183
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 22 އޮގަސްޓް 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
ދިވެހިބަހުން ލިޔެފައިވާ / ދިވެހިބަހަށް ތަރުޖަމާ ކޮށްފައިވާ އިސްލާމީ ޢިލްމުގެ ދާއިރާގެ ފޮތްތައް ހޯދުމަށް

އިޢުލާން

މިވުޒާރާގެ ބޭނުމަށް ދިވެހިބަހުން ލިޔެފައިވާ ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ އިސްލާމީ ޢިލްމުގެ ފޮތްތައް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:(IUL)142-A5/142/2026/31 (26 ފެބުރުވަރީ 2026) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  

މި ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ  ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށެވެ.

މި އިޢުލާނާއި ގުޅިގެން ފޮތްގަތުމުގެ އިތުރުން މިވުޒާރާއަށް މިފަދަ ފޮތްތައް ހަދިޔާކުރަން (ހިލޭ) ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އޮގަސްޓް 23 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.cloud.microsoft/r/Wpu7fzLLMk

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓް 24 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  3020239 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

18 އޮގަސްޓް 2026