ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-A5/142/2026/184
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 22 އޮގަސްޓް 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
7 ސީޓަރގެ ޕަސެންޖަރ ވޭން އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިވުޒާރާގެ ބޭނުމަށް 7 ސީޓަރގެ ޕަސެންޖަރ ވޭން އެއް ސަޕްލައިކޮށްދޭނެ ފަރާތެއްބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)142-A5/142/2026/158 އިޢުލާން، ސްޕެސިފިކޭޝަނާއެއްގޮތަށް ބިޑްހުށަޅާފައިނުވާތީއާއި މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ  ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.  

https://forms.cloud.microsoft/r/Hh8QTwXL2n

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓް 24 ވާ ހޯމަ ދުވަހުގެ 13:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  30202523020261  ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 އޮގަސްޓް 2026