ދިވެހިރާއްޖެ
އަލްފާޟިލް އަޙްމަދު ޒައިޔާން (އައި.ޑީ ކާޑު ނަންބަރު:A026246 )، ދަފްތަރު ނަންބަރު ރސ 4201، ކ. މާލެ، އަށް ދޫކޮށްފައިވާ ނަންބަރު: CMDA/2021/BL-20 ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ވިޔަފާރި ކުރާފަރާތްތައް ތަމްސީލު ކުރުމުގެ ލައިސަންސް 17 އޮގަސްޓު 2026ގެ ނިޔަލަށް މުއްދަތު ހަމަވެފައިވުމާ އެކު، މި އޮތޯރިޓީގެ ލައިސަންސް ރަޖިސްޓަރީ އިން އުނިކޮށްފައިވާ ކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
އަދި އަލްފާޟިލް އަޙްމަދު ޒައިޔާން ތަމްސީލު ކުރެއްވެވި، ސްޓޮކް ބްރޯކާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި (އޮތޯރިޓީގެ ނަންބަރު: CMDA/2006/DL-01)، 'ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ވިޔަފާރި ކުރާފަރާތްތައް ތަމްސީލު ކުރުމުގެ' ޞައްޙަ ލައިސަންސެއް (ބްރޯކާޒް ލައިސަންސް) އޮތް އިތުރު އެހެން ފަރާތެއް ނެތުމާއެކު، އޮތޯރިޓީގެ ލައިސަންސް ލިބިފައިވާ ބްރޯކަރ އެއް އައްޔަންކުރުމާ ހަމަޔަށް، އެ ކުންފުނިން ފޯރުކޮށްދޭ ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ޚިދުމަތް މެދުކަނޑައިލުމަށް މި އޮތޯރިޓީ އިން އަންގައިފައިވާކަން އާންމުކޮށް އިޢުލާން ކުރަމެވެ.
މީގެ އިތުރުން، އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މާރކެޓުގައި ހަރަކާތްތެރިވަމުންދާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތު، އޮތޯރިޓީގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކުރެވިފައިވާ ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް، ޞަފުޙާގައި ހާމަކޮށްފައިވާނެއެވެ.