ނީލަން
ނަންބަރު: 686-A/2026/232
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 29 އޮގަސްޓް 2026 10:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމާއި ގުޅޭ

 

އިޢުލާން        

 މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުމާއި ގުޅޭ 

މިކޯޓުގެ ނަންބަރު 686-A/2026/207 އިޢުލާނާއި އެއްގޮތަށް، މިކޯޓުގައި ހުރި ދުވަސްވެ، ބައުވެ ހަލާކުވެފައިވާ މުދާ 15 އޮގަސްޓު 2026 ވަނަ ދުވަހު ނީލަން ކިޔުމަށްފަހު، މި މުދަލުގެ ތެރެއިން ނީލަމުގައި ނުވިކި ހުރި މުދާ ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2026 އޮގަސްޓް 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 30 އޮގަސްޓު 2026 ގެ 14:00 ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv  މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ ވަރަށް ބޮޑު އެދުމެކެވެ.

   05 ރަބީޢުލްއައްވަލް  1448ހ.

   18 އޮގަސްޓު  2026

18 އޮގަސްޓް 2026