ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/13
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 15 ފެބުރުވަރީ 2016 14:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

    އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ. އެކްސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: އައި. ޓީ

މަސައްކަތްކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ:

-/9،890 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ މަގާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީ ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އީ. އެކްސް. 1 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  • ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓުގެ ބެލުމުގެދަށުން ޝަރުޢީ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމުގެ މަސައްކަތް ރާވައި، ވިލަރެސްކޮށް، ސުޕަވައިޒްކުރުން.
  • ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓުގެ ބެލުމުގެދަށުން ޝަރުޢީ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
  • އައިޓީއާގުޅޭ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި، މިކަންތައް ހިންގައި ބެލެހެއްޓުން.
  • ވީ.ޕީ.އެން އާއި، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ސިސްޓަމްގެ އެހީގައި އަތޮޅުތަކުގެ ކޯޓުތަކާއި، މާލޭގައި ޤާއިމްކުރެވިފައިވާ ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް ގުޅައިލުމާއި، އެ ނެޓްވޯރކް މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ނެޓްވޯރކްތަކާއި އިންފޮމޭޝަން ސިސްޓަމްތަކުގެ ފެއިލް އޯވަރ ޤާއިމްކޮށް މެއިންޓެއިން ކުރުން.
  • ޝަރުޢީ ދާއިރާގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އާބެހޭ ޕޮލިސީ އެކުލަވައިލައި، އެ ޕޮލިސީ ތަންފީޒުކުރުމާއި ރިވިއުކުރުން.
  • ޝަރުޢީ  ދާއިރާގެ  އެންމެހައި  ނެޓްވާރކްތައް  މޮނިޓަރކުރުމަށް  އިންޓްރޫޝަން  ޑިޓެކްޝަން  ސިސްޓަމެއް ޤާއިމުކޮށް، އެ ސިސްޓަމް ބެލެހެއްޓުމާއި، ޝަރުޢީ ދާއިރާގެ އެންމެހައި ނެޓްވާރކްތަކަށް ބޭރުންނާއި އެތެރެއިން އެއްވެސް ތްރެޓެއް ކުރިމަތިވޭތޯ މޮނިޓަރކޮށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  • ޝަރުޢީ ދާއިރާގެ ނެޓްވޯރކްތަކުގެ ތެރެއިން ޑިޕާޓްމަންޓުން ބަލަހައްޓާ ނެޓްވޯކްތަކުގެ ޑައިގްރާމްތައް ތައްޔާރުކޮށް، ގެނެވޭ ބަދަލުތައް ލިޔެކިޔުމުން އެނގޭނެހެން ބެލެހެއްޓުން.
  • ނެޓްވޯކް އިކްއިޕްމެންޓްތަކުގެ ރަނިންގ ކޮންފިގަރޭޝަންތަކުގެ ޕްރޮސީޖަރއާއި މެނުއަލް ތައްޔާރުކުރުން (އެއްވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މި ޕްރޮސީޖަރއަށް ފޮލޯކުރުމުން، ކުރިން ހުރި ރަނިންގ ކޮންފިގަރޭޝަނަށް ސިސްޓަމް އަންނަންވާނެގޮތުގެ މެނުއަލް)
  • ޝަރުޢީ ދާއިރާގެ އެންމެހައި ނެޓްވަރކް ޑިވައިސްތަކާއި ފަޔަރވޯލްތައް ބެލެހެއްޓުން.
  • ނެޓްވޯކް ޑިވައިސްއާއި، އިކްއިޕްމެންޓްތަކުގެ ފާމްވެއަރ އަޕްޑޭޓްކޮށް، ބޭނުންކުރާ ޑިވައިސްތަކުގެ އިންވެންޓްރީއެއް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ނެޓްވާރކް އެކްސެސް ލޮގްސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖްކުރުން.
  • ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓުން ބަލަހައްޓާ އެންމެހައި ތަންތާނގެ ނެޓްވާރކް އެޅުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ސުޕީރިއަރ ކޯޓުތަކަށާއި މާލޭގައި ޤާއިމްކޮށްފައިވާ ކޯޓުތަކަށް ބޭނުންވާ އައި.ޓީ. ސަޕޯޓް ފޯރުކޮށްދިނުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ޝަރުޢީ ދާއިރާގެ އައިޓީ ނެޓްވާކާއި، އައިޓީއާ ގުޅޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 ފެބުރުވަރީ 15 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުން   ލިބެން   ހުންނާނެއެވެ.   އަދި   މި   ޑިޕާޓްމަންޓުގެ   ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3006280 ނަންބަރު ފޯނަށް ނުވަތަ 3006217 ނަންބަރު ފޯނަށެވެ. 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ޓީމް ލީޑަރެއްގެގޮތުން މުވައްޒަފުން ގޮވައިގެން އުޅެވޭނެފަދަ ޤާބިލު ފަރާތަކަށްވުން.
  • ނެޓްވާރކް ސެކިއުރިޓީގެ ތަޖުރިބާ ލިބިފައިވާ، މަސައްކަތުގެ މާޙައުލުގައި ނަތީޖާ ދައްކާފައިވާ ފަރާތެއްކަމުގައިވުން.
25 ރަބީޢުލްއާޚިރު 1437
04 ފެބުރުވަރީ 2016