ތަމްރީނު
ނަންބަރު: (IUL)356/356/2026/43
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 26 އޮގަސްޓް 2026 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މަތީގައި ދެންނެވިފައިވާ ކޯސް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް އތމ. ކޮމެޓީން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 އޮގަސްޓް 23 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށްގެންނެވެ.  ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:  [email protected] އަށް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ރަޖިސްޓްރޭޝަން ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމުން ޕްރޮޕޯޝަލް ހުށަހަޅަވީގޮތުގެ ނަމޫނާ ހިތްސާ ކުރެވޭނެއެވެ.

ޕްރޮޕޯޝަލް ހުށައެޅުމާއި ޕްރޮޕޯޝަލް ހުޅުވުން އޮންނާނީ 2026 އޮގަސްޓް 26 ވަނަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ޕްރޮޕޯޝަލް ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑް ކޮޕީ ގެންނަންވާނެއެވެ.

ޕްރޮޕޯޝަލް މިންކުރާނޭ މިންގަނޑު

  • ހުށައަޅާ އަގަށް %70
  • ތަޖުރިބާއަށް %20 (2020 ވަނަ އަހަރުގެ ފަހުން، މި ބާވަތުގެ، މަސައްކަތެއްކޮށް، ފުރިހަމަކޮށްފައިވާކަން ދަލީލުކޮށްދޭ ލިޔުން ހުށަހެޅުމުން، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2 (ދޭއް) ޕޮއިންޓު. މި ބައި ގައި ގިނަވެގެން ހިމެނޭނީ 10 (ދިހަ) ލިޔުން.)
  • ފޯރުކޮށްދޭ އާލާތްތަކަށް (މަސައްކަތާއި ގުޅުންހުރި އާލާތްތަކަށް)

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6680538 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

18 އޮގަސްޓް 2026