މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/15
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 03 މާރިޗު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހދ.ފިނޭ ސްކޫލުގެ ސްޓާފްރޫމް އަދި ވަށާފާރު އިމާރާތް ކުރުމުގެ މަސައްކަތް، ހދ. މަކުނުދޫ ސްކޫލުގެ 10 ކްލާސްރޫމުގެ 2 ބުރި އިމާރާތުގެ މަސައްކަތް، އަދި ހދ.ވައިކަރަދޫ ސްކޫލުގެ 9 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ވެރިފަރާތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ހދ.ފިނޭ ސްކޫލުގެ ސްޓާފްރޫމް އަދި ވަށާފާރު އިމާރާތް ކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-14

-/10,000 ރުފިޔާ

ހދ. މަކުނުދޫ ސްކޫލުގެ 10 ކްލާސްރޫމުގެ 2 ބުރި އިމާރާތުގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-15

-/30,000 ރުފިޔާ

ހދ.ވައިކަރަދޫ ސްކޫލުގެ 9 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-16

-/30,000 ރުފިޔާ

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

  GC01-2 , GC01-1 އަދި GC01-03

4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 ފެބުރުވަރީ 2016 އިން 03 މާރިޗު 2016 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349106       3349104

ފެކްސް: 3320706       3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

11 ފެބުރުވަރީ 2016