ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/43
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 24 އޮގަސްޓް 2026 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީގޮތުން ސާފުކޮށް ބަލަހައްޓަމުންގެންދާ ސަރަހައްދުތަކަށް އަޅާފައިވާ ފަނާއި، ފަންތޮއްޓާއި ބުޑި ފަދަތަކެތި ނެގުމާއި ގުޅޭ.

 މިރަށު ޢިޖްތިމާއީ ގޮތުން ސާފުކޮށް ބަލަހައްޓަމުންގެންދާ ސަރަހައްދުތަކުގައި އެކި އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ފަނާއި،ފަންތޮއްޓާއި ބުޑިފަދަ ތަކެތި އެއްތަނަކަށް ޖަމާކޮށްފައި ބަހައްޓާފައި ހުރިކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މިފަދަ ތަކެތި ކުނިކަހާ ސާފުކޮށް ބަލަހައްޓާ ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

 ވީމާ، އިޖުތިމާޢީ ގޮތުން ސާފުކުރާ ސަރަޚައްދުތަކަށް މިގޮތަށް ޖަމާކޮށްފައިވާ ފަނާއި ފަންތޮއްޓާއި ބުޑިފަދަ ތަކެތީގެ ވެރިފަރާތްތަކުން 24 އޮގަސްޓް 2026 ވަނަ ދުވަހުގެ ކުރިން އެސަރަހައްދުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި އެތާރީހުގެ ފަހަށް ނުގެންދާނަމަ، އެފަދަ ތަކެއްޗަކީ ވެރިއަކު ނެތްތަކެތި ކަމުގައި ބަލައި ކައުންސިލްގެ ބެލުމުގެ ދަށުން ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

    މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

      18 އޮގަސްޓް 2026

18 އޮގަސްޓް 2026