ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)AEH/AEH/2026/93
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 އޮގަސްޓް 2026 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ގޯތިތެރެ އަދި ވަށައިގެންވާ ސަރަހައްދު ސާފުކުރުމާއި ބަގީޗާ ހައްދާ ބެލެހެއްޓުމުގެ މަސައްކަތް 02 (ދޭއް) އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހޮސްޕިޓަލުގެ ގޯތިތެރެ އަދި ވަށައިގެންވާ ސަރަހައްދު ސާފުކުރުމާއި ބަގީޗާ ހައްދާ ބެލެހެއްޓުމުގެ މަސައްކަތް 02 (ދޭއް) އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 18‏ އޮގަސްޓް‏ 2026‏ ، އަންގާރަ އިން ފެށިގެން ‏ 25‏ އޮގަސްޓް‏ 2026‏ ، އަންގާރަ ވާ ދުވަހުގެ 13:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް‏ 26‏ އޮގަސްޓް‏ 2026‏ ، ބުދަ ވަނަ ދުވަހުގެ  10:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 30‏ އޮގަސްޓް‏ 2026‏ ، އާދީއްތަ ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

                             

ރަޖިސްޓްރޭޝަން ލިންކް: (IUL)AEH/AEH/2026/93- Landscaping Service Extension for 2 years – Fill out form

18 އޮގަސްޓް 2026