ކުއްޔަށް ދިނުން
ނަންބަރު: (IUL)247-CA/247/2026/75
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 01 ސެޕްޓެންބަރު 2026 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ފެރީ ގިމަތައިގެ ޓަކްޝޮޕާއި ކިއޮސްކް ކުއްޔަށް ދޫކުރުން (ދެވަނަ އިޢުލާން)

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

         ހޯރަފުށީ ފެރީ ގިމަތައިގެ ޓަކްޝޮޕާއި ކިއޮސްކް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރު  (IUL)247-CA/247/2026/61 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކުލި ތަކަކީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ ކުލި ތަކެއް ކަމުން، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  ވީމާ، މި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          ބީލަން ފޮތް އަދި ބީލަމާއި ގުޅޭ ކުރެހުންތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

26 އޮގަސްޓް 2026

ބުދަ

11:00 (ހެނދުނު)

ބީލަން ހުށަހެޅުން

01 ސެޕްޓެމްބަރު 2026

އަންގާރަ

11:00 (ހެނދުނު)

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ގޫގުލްފޯމް ލިންކް:

https://forms.gle/pVDiJu2SE5Qix3EZA

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                     05 ރަބީޢުލްއައްވަލް 1448    

18 އޮގަސްޓް 2026