ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/4
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:32
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަހަ މުބާރާތް، ދީނީ ޕްރޮގްރާމް ( ޚުތުބާ ކިޔުން އަދި ބަންގި މުބާރާތް ) އަށް އެހީ ހޯދުމާއި ގުޅޭ

އިޢުލާން 

މަދަހަ މުބާރާތް، ދީނީ ޕްރޮގްރާމް( ޚުތުބާ ކިޔުން އަދި ބަންގި މުބާރާތް) އަށް އެހީ ހޯދުމާއި ގުޅޭ:

     މިކައުންސިލުން އިންތިޒާމް ކޮށްގެން 27 އޮގަސްޓް 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 4 ވަނަ މަދަހަ މުބާރާތާއި 02 ވަނަ ދީނީ ޕްރޮގްރާމް( ބަންގި އަދި ހުތުބާ ކިޔުމުގެ މުބާރާތް) ކުރިއަށް ގެންދިއުމަށްޓަކައި ސްޕޮންސަރުންގެ ދީލަތި އެހީތެރިކަން މިވަނީ ބޭނުންވެފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މުބަރާތުގެ ބައިވެރިންގެ އަދަދު އިތުރުވުމާއެކު މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަ ކުރަމެވެ. އެގޮތުން ބައިވެރިންގެ އަދަދު 100 އާއި ގާތަށް އަރާފައިވާކަން ފާހަގަކުރަމެވެ.

ދީނީ މުބާރާތް ( ޚުތުބާ އަދި ބަނގި މުބާރާތް)  މަޤްސަދު:

  • މިމުބާރާތުގެ މަޤްސަދަކީ ފަރުޟު 5 ނަމާދަށް ރައްކާތެރިވުމަށް ބާރުއެޅުމާއި، ބައިވެރިންގެ ހިތްތަކުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކޮށް، ދީނީ ކަންކަން ކުރުމުގެ އާދަ ހަރުލެއްވުމާއި ދީނީ ޝިއާރުތައް އާލާކޮށް ދިރުވުމުގައި ވާދަވެރިކަން އުފައްދާ، ދީނީ ކަންކަމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުން ފެންވަރު ރަނގަޅު ޚަތީބުންނާއި މުދިމުން އުފެއްދުމާއި އަދި ހަމަ އެހެންމެ ޒުވާން ޚަތީބުން އުފެއްދުމަށް ބާރުއެޅުމެވެ.

މަދަހަ މުބާރާތުގެ މަޤްސަދު:

  • ރަށު ރައްޔިތުންގެ މެދުގައި ރީތިކޮށް މަދަޙަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުން.
  • ރައްޔިތުންގެ މެދުގައި މަދަޙައަށް ލޯބިޖެއްސުން
  • ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުން.

 

ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް: ( މަދަހަ މުބާރާތް )

  •  6 އަހަރުން ދަށް
  • 6 އަހަރާއި 9 އަހަރާއި ދެމެދު
  • 9 އަހަރާއި 12 އަހަރާއި ދެމެދު
  • 12 އަހަރާއި 15 އަހަރާއި ދެމެދު
  • 15 އަހަރާއި 18 އަހަރާއި ދެމެދު
  • 18 އަހަރާއި 35 އަހަރާއި ދެމެދު
  • 35 އަހަރުން މަތި

 

  • މަތީގައިވާ އުމުރު ފުރާތަކުގެ ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
  • މުޅިމުބާރާތުން 1ވަނަ،2،ވަނަ އަދި 3 ވަނަ
  • ގުރޫޕް މަދަހަ 18 އަހަރުން ދަށް 1 ވަނަ، 2 ވަނަ އަދި 3 ވަނަ
  • ގުރޫޕް މަދަހަ 18 އަހަރުން މަތި 1 ވަނަ، 2 ވަނަ އަދި 3 ވަނަ

 

ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް: ( ހުތުބާ މުބާރާތް )

  • ބަންގި ގޮވުމުން - 6 އަހަރުން ދަށް 1 ، 2 ، 3 ވަނަ
  •  ބަންގި ގޮވުމުން - 6 އަހަރާއި 9 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • ބަންގި ގޮވުމުން - 9 އަހަރާއި 12 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • ބަންގި ގޮވުމުން - 12 އަހަރާއި 15 އަހަރާއި ދެމެދު1 ، 2 ، 3 ވަނަ
  • ބަންގި ގޮވުމުން - 15 އަހަރާއި 18 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • 18 އަހަރުން މަތި
  • 18 އަހަރުން ދަށް ބަންގި ގޮވުމުން މުޅި މުބާރާތުން 1 ، 2 ، 3 ވަނަ
  • 18 އަހަރުން މަތިން ބަންގި ގޮވުމުން މުޅި މުބާރާތުން 1 ، 2 ، 3 ވަނަ

 

 ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް: (ބަންގި މުބާރާތް )

  • ޙުތުބާ ކިޔުމުން- 6 އަހަރާއި 9 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • ޙުތުބާ ކިޔުމުން- 9 އަހަރާއި 12 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • ޙުތުބާ ކިޔުމުން-  12 އަހަރާއި 15 އަހަރާއި ދެމެދު1 ، 2 ، 3 ވަނަ
  • ޙުތުބާ ކިޔުމުން- 15 އަހަރާއި 18 އަހަރާއި ދެމެދު 1 ، 2 ، 3 ވަނަ
  • 18 އަހަރުން މަތި
  • 18 އަހަރުން ދަށް ޙުތުބާ ކިޔުމުން މުޅި މުބާރާތުން 1 ، 2 ، 3 ވަނަ
  • 18 އަހަރުން މަތިން ޙުތުބާ ކިޔުމުން  މުޅި މުބާރާތުން 1 ، 2 ، 3 ވަނަ

 

ނޯޓް: މީގެ އިތުރުން މަދަހަ މުބާތާތުގައި ތުއްތުކުދިންގެ ތެރެއިން ބައިވެރިކުރުވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގިފްޓެއް ތައްޔާރުކޮށް ކޮންމެ ކުއްޖަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވަނަތަކަށް ފައިސާގެ އިނާމު ހުށައަޅަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރައްވާނީ:

އެކައުންޓް ނަން: ކައުންސިލް 1348 ޚަރަދު 2

އެކައުންޓް ނަންބަރު: 7717-700406-004

ސްލިޕް ފޮނުވާދެއްވާނީ: 7380052 އަށް

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7749709 ނަންބަރަށެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮގަސްޓް 2026