ކުއްޔަށް ދިނުން
ނަންބަރު: (IUL)241-B/241/2016/8
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 17 ފެބުރުވަރީ 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ލިލީ ލޯންޗް' ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

އަތޮޅުކައުންސިލްގެ '' ލިލީ ލޯންޗް '' ކުއްޔަށް ދޫކުރުމާބެހޭ

އަތޮޅުކައުންސިލްގެ '' ލިލީ ލޯންޗް '' ކުއްޔަށް ދޫކުރާގޮތަށް އަތޮޅުކައުންސިލްގެ 93 ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވާތީ މަހަކު ކަނޑައެޅޭ ވަކި އަގެއް އަތޮޅުކައުންސިލަށް ދައްކާގޮތަށް ލިލީ ލޯންޗް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ލިލީ ލޯންޗް ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ މަހަކު -/31000 (އެއްތިރީސްހާސް) ރުފިޔާއެވެ. މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއްނަމަ، ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ހުށަހެޅުންތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް                %60
  • ލިބިފައިވާ ތަޖުރިބާއާއި ގާބިލުކަމަށް     % 15
  • މުއްދަތަށް                   %25

ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016