މަސައްކަތް
ނަންބަރު: (IUL)333-MS/333/2026/53
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 26 އޮގަސްޓް 2026 10:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫ ކައުންސިލް އިދާރާގެ ވެހިކަލް ގަރާޖް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ވެހިކަލް ބާއްވާ ގަރާޖް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 19 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/Q1HQEMn45UXMpLX4A  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2026 އޮގަސްޓް 20 ވަނަ ދުވަހުގެ 11:00 ކުރިން މިކައުންސިލްގެ މެއިލް [email protected] އަށް ބޭނުންފުޅުވެލައްވާ މަޢުލޫމާތުގެ ތަފްޞީލް ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 އޮގަސްޓް 26 ވަނަ ދުވަހުގެ 10:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

17 އޮގަސްޓް 2026