|
މަޤާމު:
|
ލީގަލް އޮފިސަރ
|
|
ރޭންކު:
|
MS2/B
|
|
ސެކްޝަން/ޑިޕާޓްމަންޓް:
|
ކޮމިޓީސް އެންޑް ރިސަރޗް ސެކްޝަން - ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
1
|
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
ތައުލީމީ ދާއިރާ:
|
ލޯ، ޝަރީޢާ ނުވަތަ ޝަރީޢާ އެންޑް ލޯ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.
- ކޮމިޓީތަކުން ދިރާސާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިން އެ ބިލަކާ ގުޅޭގޮތުން ފާޅުކުރެވޭ ޚިޔާލުތައް މަޢުލޫމާތު ކަރުދާހުގެ ގޮތުގައި ތައްޔާރުކޮށް އެ ކަރުދާސް ކޮމިޓީއަށް ގެންދިއުން.
- ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެކޮމިޓީއެއްގެ ބައްދަލުވުމެއް އޮންނާނެ ވާހަކަ މެންބަރުންނަށް؛ އެސް.އެމް.އެސުން ދެންނެވުން އަދި އެކޮމިޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާތޯ ބެލުމަށް ފޯނުން ގުޅުން.
- ބިލު ނުވަތަ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން.
- މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ޑްރާފްޓްކުރުން.
- ކޮމިޓީގެ ބައްދަލުވުމުގައި އިދާރީގޮތުން އެހީތެރިވުން.
- ކޮމިޓީގެ ބައްދަލުވުން ނިމުމުން އެބައްދަލުވުމެއްގެ ޚުލާސާ ތައްޔާރުކުރުން.
- ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެވާހަކަ އެސް.އެމް.އެސުން ނުވަތަ ފޯނުން ގުޅައިގެން މެންބަރުންނަށް ދެންނެވުން.
- މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ އެކިއެކި ފަންނީ މަސައްކަތްކުރުން.
- މަޖިލީހުގެ ކޮމިޓީތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތް ރާވައި، ހިންގައި ވިލަރެސްކުރުން.
- ކޮމިޓީން ބިލު ދިރާސާކޮށް ފުރިހަމަކުރުމުން، އެބިލާގުޅޭގޮތުން މަޖިލީހަށް ހުށަހަޅާ ރިޕޯޓާއެކު ފޮނުވުމަށްޓަކައި އެބިލެއް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު ތައްޔާރުކުރުން.
- ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރެއްވި ބިލާއި މައްސަލަ ޤަރާރު، އަދި އެ ބިލު، މައްސަލަ ނުވަތަ ޤަރާރު ނިންމެވިގޮތުގެ ރިޕޯޓާއި، ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު އަދި އިޞްލާޙުކުރެއްވިގޮތުގެ ތާވަލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓޭބަލް އޮފީހާ ހަވާލުކުރުން.
- ކޮމިޓީތަކުގެ ލިޔެކިޔުންތައް ފައިލް ކުރުން.
- ކޮމިޓީކުރާ ކޮޓަރީގައި ބޭއްވޭ، އެމުވައްޒަފަކާ ހަވާލުކުރެވިފައިވާ ކޮމިޓީތަކުގެ އޯޑިއޯ ކޮންމެ ދައުރެއް ނިމުމުން ކަމާގުޅޭ ސެކްޝަނާ ހަވާލުކުރުން.
- ކޮމިޓީތަކާ ގުޅޭގޮތުން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކުރުން.
- ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުން.
|
|
އަސާސީ މުސާރަ:
|
މަހަކު 10,750 ރުފިޔާ
|
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
- ޚާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
|
ސުންގަޑި:
|
27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
|
|
އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
- ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓު ދެވޭނެގޮތުގެ މިންގަނޑު:
|
- ތައުލީމް: 35 އިންސައްތަ
- މަސައްކަތާ ގުޅޭ ތަޖުރިބާ: 20 އިންސައްތަ
- އިންޓަރވިއު: 45 އިންސައްތަ
|
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އިންޓަރވިއު އަށް ޝޯޓްލިސްޓްކުރެވޭނީ އެންމެ މަތިން މާކްސް ލިބޭ 15 ފަރާތެވެ.
|