ދިވެހިރާއްޖެ
އިންޓަރ އޮފީސް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމަށް ހުޅުވާލުން
ދ.މީދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި މުވައްޒަފުންގެ މެދުގައި އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ރޫޙް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި، މި ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "އިންޓަރ އޮފީސް ޓޯރނަމެންޓް 2026"، 2026 އޮގަސްޓް 25 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ދ.މީދޫގެ ސަރުކާރު އޮފީސް / ކުންފުނިތަކަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި މީދޫއަށް ނިސްބަތްވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާޢިދު އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައި އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މިއުސޫލާއި އެކު އާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.