ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-PRU/248/2026/68
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 23 އޮގަސްޓް 2026 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫގައި ވަގުތީ ކުނިކޮށި ޤާއިމުކުރުމަށް ބޭނުންވާ ފެންސްޖެމާއެކު ސެކިއުރިޓީ ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އިހަވަންދޫގައި އެކަމަށް ޚާއްސަ ކުރެވިފައިވާ ބިމުގައި އަމިއްލަތަކެތީގައި ވަގުތީ ކުނިކޮށި ޤާއިމުކުރުމަށް ބޭނުންވާ ފެންސްޖެހުމާއެކު އެތަނުގައި ސެކިއުރިޓީ ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500285 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް "ހއ.އިހަވަންދޫގައި ވަގުތީ ކުނިކޮށްޓެއް ޤާއިމުކުރުމަށް ބޭނުންވާ ފެންސްޖަހައި އަދި ސެކިއުރިޓީ ހަޓެއް އަޅައިދިނުމަށް" އެދި  ލިޔުއްވާފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދީއްތަ

23 އޮގަސްޓް 2026

14:00 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

27 އޮގަސްޓް 2026

11:30 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

17 އޮގަސްޓް 2026