ޢާންމު މަޢުލޫމާތު
ނަންބަރު: 583-A/2026/7
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 27 އޮގަސްޓް 2026 10:30
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން (ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު އިމާރާތުގެ ބޭރު ފާރުގައާއި އިމާރާތުގެ އެތެރެ ފާރުގައި ކުލަލުމުގެ މަސައްކަތާގުޅޭ)

ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު އިމާރާތުގެ ބޭރު ފާރުގައާއި އިމާރާތުގެ އެތެރެ ފާރުގައި ކުލަކުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި  6602024 ގުޅުއްވައިގެން ނުވަތަ  [email protected] އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

17 އޮގަސްޓް 2026