ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2026/06
މިދަންނަވާ ބިންތައް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.
|
# |
ބިން އޮތް ސަރަޙައްދު |
ބިމުގެ ނަން |
އަވަށް |
ކޮށީ ނަންބަރު |
ތަރުތީބު ނަންބަރު |
އަކަފޫޓް |
|
1 |
މަސްކައްކާ ހިއްކާ ސަރަޙައްދު |
މަސްކައްކާ ހިއްކާ ބިން |
އިރުމަތި |
ބީ - 9 |
746 |
1525.00 |
|
2 |
747 |
1275.00 |
||||
|
3 |
748 |
1025.00 |
||||
|
4 |
749 |
1431.00 |
||||
|
5 |
750 |
1800.00 |
މުޙިއްމު ނުކުތާތައް
- މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ، މަޑުއްވަރީން ބިމެއް ކުއްޔަށް ނަގާފައިނުވާ މަޑުއްވަރީ ރަށްވެހިންނަށާއި މަޑުއްވަރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ.
- ބިޑް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް، -/1 (އެކެއް) ރުފިޔާއެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
- މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
- އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
- މިބިންތަކުގައި ކުރެވޭނީ މަސްކައްކާ ހިއްކުމާއި މަސް ލޮނުއެޅުމާއި މަސްއަވީލުމާއި މަސް ބަންދުކުރުމާއި މަސް ޕްރޮސެސްކުރުމާއި މިނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
- ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ ގިނަވެގެން، 4 (ހަތަރެއް) މަސްދުވަސްތެރޭގައި ބިމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ފަށަންވާނެއެވެ.
- އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 5 (ފަހެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
- މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
- ބިންތައް އޮތް ސަރަޙައްދު އެނގޭނެ ޗާޓް މިއިޢުލާނުގައި ހިމެނިފައިވާނެއެވެ.
|
ރަޖިސްޓްރީކުރުން |
2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޯގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" މަސްކައްކާ ހިއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު 0
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
- މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
- ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.