ދިވެހިރާއްޖެ
ށ. ކަނޑިތީމުން ގްރީންހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން
ށ. ކަނޑިތީމުގައި ގްރީންހައުސް ދަނޑުވެރިކަން ކުރުމަށް ގިނަ ފަރާތްތަކަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، މި މަސައްކަތަށް ކަނޑައެޅިފައިވާ ސަރަޙައްދުން ކުރިން އިޢުލާނުކުރެވުނު 8 ބިމުގެ ތެރެއިން ބާކީހުރި 4 ބިން، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް
|
ބިމުގެ ބޮޑުމިން |
ބިމު ކުލި |
ބިމުގައި ކުރެވޭނެ މަސައްކަތް |
ބިމުގެ ނަންބަރު |
|
2000 އަކަފޫޓް |
އަކަފޫޓަކަށް 10 ލާރި |
ގްރީން ހައުސްގެ ދަނޑުވެރިކަން ކުރުމަށް ބިން |
ބިން: LT-039 އިން LT-042 (4 ބިން) |
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އިރުޝާދުތަކާ އެއްގޮތަށް އޮންލައިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
އޮންލައިން ފޯމް ހުށައެޅުން:
· ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ފޯމު މެދުވެރިކޮށެވެ.
· ފޯމު ފުރިހަމަކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާށެވެ.
- ފޯމް ލިންކް: https://forms.cloud.microsoft/r/1jjqK9TEBR
· ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 އޮގަސްޓް 2026 ވާ (ހޯމަ) ދުވަހުން ފެށިގެން 24 އޮގަސްޓް 2026 (ހޯމަ) ދުވަހުގެ 12:00ގެ ނިޔަލަށެވެ.
· މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
· ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އުސޫލު މި އިޢުލާނާއިއެކު އާންމު ކުރެވިފައި ވާނެއެވެ.
ގުރުނެގުން:
· ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަދަދަށްވުރެ އިތުރަށް ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
· ގުރުނެގުން އޮންނާނީ 24 އޮގަސްޓް 2026 (ހޯމަ) ދުވަހުގެ 13:30ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައިއެވެ.
· ގުރުއަތުލުމަށް ފޯމު ހުށަހެޅި ފަރާތަށް ހާޒިރުނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
4 ރަބީޢުލްއައްވަލް 1448