ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FAH-A-2/FAH/2026/29
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 26 އޮގަސްޓް 2026 11:00
ފ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސައިކިއޭޓްރީ މަޤާމަށް މީހަކު ހޯދުމަށް

މަޤާމު:

ސައިކިއޭޓްރީ

މަޤާމުގެ ނަންބަރު:

J-414892

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ޕަބްލިކް ސަރވިސް ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 ސްޓެޕް 01

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.އަތޮޅު ހޮސްޕިޓަލް / ފ.ނިލަންދޫ

މަޤާމުގެ އަސާސީ މުސާރަ:

-/32,632 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/18,689 ރުފިޔާ

ޙާޟިރީ އިނާޔަތް

ދުވާލަކު -/506 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޞިއްޙީ ޚިދުމަތުން ނިޒާމު ބައްޓަން ކުރުމާއި އިތުރަށް ތަރައްޤީ ކުރުމުގައި ބައިވެރިވެ، ފަންނީ ލަފާދިނުން.
  2. ޤާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ޞިއްޙީ ޚިދުމަތުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ބޯޑުތަކާއި، ޞިއްޙީ ޚިދުމަތުގެ ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން.
  3. ސްޕެޝަލިސްޓް ޞިއްޙީ ފަރުވާ ބޭނުންވާ ބަލިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ބަލި ހާލަތު ދެނެގަތުމުގެ ގޮތުން ހަދަންޖެހޭ ފިޒިކަލް އެގްޒެމިނޭޝަންތައް ހެދުން.
  4. ބަލިމީހާގެ ޞިއްޙީ ހާލަތު ދެނެގަތުމުގެ ގޮތުން ބަލިމީހާގެ ފަރާތުންނާއި ބަލިމީހާގެ ޢާއިލާ މެންބަރުންގެ ފަރާތުން އިތުރު މަޢުލޫމާތު ހޯދުން.
  5. ބަލި މީހާ ރިފަރކުރި އެހެން ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާ ކުރުން.
  6. ސްޕެޝަލިސްޓް ޞިއްޙީ ފަރުވާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާއަށް ބަލައި ފަރުވާ ކުރިއަށް ގެންދިއުން. އަދި ފަރުވާގެ ނަތީޖާއަށް ރިޢާޔަތްކޮށް ދެވޭ ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ގެންދިއުން.
  7. ބަލިމީހާއަށް ބޭނުންވާ ނަފްސާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭނެ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ބަލިމީހާއަށް ދިނުން.
  8. އާންމު ބަލިތަކުގެ ފަރުވާ ބޭނުންވާ މީހުންނާއި ސްޕެޝަލިސްޓް ޞިއްޙީ ފަރުވާއަށް ބޭނުންވާ ބަލިމީހުންގެ އޮޕަރޭޝަންތައް ކުރުން.
  9. ބަލިމީހާގެ ޞިއްޙީ މައުލޫމާތު ލިޔެ ރިކޯޑުކުރުމާއި އެ މަޢުލޫމާތު ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރަމުން ގެންދިއުން.
  10. ޤާނޫނީ ގޮތުންނާއި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން އެކި ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަސައްކަތުގެ ދާއިރާއާގުޅޭ ގޮތުން ހިންގާ ދިރާސާތަކާއި ތަހުޤީޤުތަކުގައި އެހީތެރިވެ އެއްބާރުލުން ދިނުން.
  11. ޤާނޫނީގޮތުން އެކުލަވާލަންޖެހޭ މެޑިކަލް ރިޕޯޓްތައް އެކުލަވާލުމާއި، މެޑިކަލް ތަހުޤީޤުތަކުގައި ބައިވެރިވުމާއި، އެކްސްޕަރޓް އޮޕީނިއަން ދޭންޖެހޭ ހާލަތްތަކުގައި އެފަދަ އޮޕީނިއަން ދިނުން.
  12. ސްޕެޝަލިސްޓް ޞިއްޙީ ފަރުވާ ބޭނުންވާ ބަލިތަކުން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމާއި ހިންގުމުގައި ބައިވެރިވުން.
  13. އިންސާނުންނަށް ކުރިމަތިވާ ޙާއްޞަ ޞިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާބެހޭ ގޮތުންނާއި އެބަލިތަކުގެ ފަރުވާއާއި އެ ބަލިތަކުން ރައްކާތެރިވުމާބެހޭ ގޮތުން ސައިންޓިފިކް ދިރާސާތައްކޮށް އެ ދިރާސާތައް ޝާއިޢުކުރުން.
  14. މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީ ހެދުން.
  15. ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަރާއި މަރުގެ ސަބަބު ކަނޑައެޅުން.
  16. އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޙިދުމަތް ފޯރުކޮށްދިނުން.
  17. ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ޤައުމީ ކާރިސާގެ ވަގުތުތަކުގައާއި ބަލިމަޑުކަމެއް ފެތުރެމުންދާ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިވެރިވުން.
  18. މެޑިކަލް ދަރިވަރުން، ފެލޯސް އަދި މުވައްޒަފުންނަށް އުނގަންނައި ދިނުމާއިއެކު އެ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.     

މަޤާމްގެ ޝަރުޠުތައް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި،

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި،

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށްނޫން، ސްޕެޝަލިޓީ މާސްޓަރސް ޑިގްރީޢެއް ހާސިލުކޮށްފައިވުން. އަދި،
މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާ

 

  • UROLOGY - ޔޫރޮލޮޖީ
  • SURGERY - ސަރޖަރީ
  • NEPHROLOGY - ނެފްރޮލޮޖީ
  • MAXILLO FACIAL SURGERY - މެކްސިލޯ ފޭޝަލް ސަރޖަރީ
  • PEDIATRICS - ޕީޑިއާޓްރިކްސް
  • RADIOLOGY - ރޭޑިއޮލޮޖީ
  • PSYCHIATRY - ސައިކިއާޓްރީ
  • RESPIRATORY MEDICINE - ރެސްޕިރޭޓަރީ މެޑިސިން
  • PATHOLOGY - ޕެތޮލޮޖީ
  • ORTHOPAEDICS - އޯތޮޕެޑިކްސް
  • GENERAL MEDICINE - ޖެނެރަލް މެޑިސިން
  • NEUROLOGY - ނިއުރޮލޮޖީ
  • NEURO SURGERY - ނިއުރޯ ސަރޖަރީ
  • OBSTETRICS AND GYNAECOLOGY - އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ
  • MICROBIOLOGY - މައިކްރޯބަޔޮލޮޖީ
  • MEDICINE - މެޑިސިން
  • GASTROENTEROLOGY - ގެސްޓްރޯއެންޓްރޮލޮޖީ
  • GENERAL PRACTICE - ޖެނެރަލް ޕްރެކްޓިސް
  • E.N.T - އީ. އެން. ޓީ
  • CARDIOVASCULAR AND THORACIC SURGERY - ކާޑިއޯވެސްކިއުލަރ އެންޑް ތޮރޭކިކް ސަރޖަރީ
  • CARDIAC SURGERY - ކާޑިއެކް ސަރޖަރީ
  • EMERGENCY MEDICINE - އިމަރޖެންސީ މެޑިސިން
  • NEONATOLOGY - ނިއޮނޭޓޮލޮޖީ
  • DERMATOLOGY - ޑަރމެޓޮލޮޖީ
  • ONCO SURGERY - އޮންކޯ ސަރޖަރީ
  • BIOCHEMISTRY - ބަޔޯކެމިސްޓްރީ
  • ONCOLOGY - އޮންކޮލޮޖީ
  • ANAESTHESIOLOGY - އެނެސްތީސިއޮލޮޖީ
  • TRANSPLANT MEDICINE - ޓްރާންސްޕްލާންޓް މެޑިސިން
  • RETINAL OPHTHALMOLOGY - ރެޓިނަލް އޮފްތަލްމޮލޮޖީ
  • DEVELOPMENTAL PEDIATRICS - ޑިވެލޮޕްމެންޓަލް ޕީޑިއޭޓްރިކްސް
  • TRAUMA SURGERY - ޓްރޯމާ ސަރޖަރީ
  • ENDOCRINE SURGERY - އެންޑޯކްރައިން ސަރޖަރީ
  • HEPATOBILLIARY SURGERY - ހެޕަޓޯބިލިއަރީ ސަރޖަރީ
  • ENDODONTICS - އެންޑޯޑޮންޓިކްސް
  • OPHTHALMOLOGY - އޮފްތަލްމޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާތަންތަނުގެތަޖުރިބާއަންގައިދޭރެފަރެންސްޗެކްފޯމް".

(ޅ)   މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައި ވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ފ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2026 ސެޕްޓެމްބަރ 06 ން 08 އާއި ދެމެދު، ފ.އަތޮޅު ހޮސްޕިޓަލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

17 އޮގަސްޓް 2026