|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
17 އޮގަސްޓް 2026
|
|
ނަންބަރު:
|
(IUL)168-HR/1/2026/98
|
|
އެޗް.އާރް.ސީ.އެމްގެ ދެކުނު ގޮފި
|
|
މަޤާމު:
|
ޕްރިންސިޕަލް އެޑިއުކޭޝަން އޮފިސަރ
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ދެކުނު ގޮފި / ސ. ހިތަދޫ
|
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
|
ޝަރުޠު:
|
1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލް ކޮށްފައިވުން.
ނުވަތަ،
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
4. ހިއުމަން ރައިޓްސް ކޮމިޝަނުގެ ސީނިއަރ އޮފިސަރ ލެވެލްގެ މަޤާމެއްގެ ޝަރުތު ހަމަވުމާއެކު، ސީނިއަރ އޮފިސަރ ލެވެލްގެ މަޤާމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ނޫނީ އެއަށްވުރެ ގިނަ މުއްދަތުގައި މަސައްކަތް ކޮށްފައިވުން.
|
|
|
- އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމަންޓުތަކާގުޅިގެން ދެނެގަތުމާއި، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަންގެ ވޯރކް ޕްލޭންއާއި އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން އަދި ޓްރެއިނިންގް ޕްރޮގްރާމުތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
- އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކާއި ޓްރެއިނިންގް ޕްރޮގްރާމްތަކާއި އެޑްވޮކަސީ ކެންޕެއިން އަދި ސެމިނާ ފަދަ ކަންކަން ރާވާ ހިންގައި، ކަމާއިގުޅޭ އެންމެހައި އިދާރާތަކާއި ގުޅިގެން ވިލެރެސް ކުރުމަށް އެހީތެރިވުން.
- އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވޮކަސީ މެޓީރިއަލް ތައްޔާރުކުރުން.
- އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތައް ކުރާ މަސައްކަތްތައް ކުރިއެރުވުމަށާއި، އެފަދަ ޖަމާއަތްތަކަށް އެހީތެރިވުމުގެ ގޮތުން ކޮމިޝަނުން ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެކަންތައްތައް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައި އެމަސައްކަތްކުރުން.
- ދިވެހިރާއްޖޭގެ ހާލަތާ ގުޅުވައިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ރިޕޯޓްތަކުން ފާހަގަކުރެވޭ ސަދަރން ރީޖަންގެ ކަންތައްތައް ދެނެގަތުން އަދި އެ މައުލޫމާތު ހެޑް އޮފީހާ ހިއްސާކުރުން.
- ސަދަރން ރީޖަންގައި ހިނގާ އިންސާނީ ހައްޤުތަކާގުޅުންހުރި ސިސްޓަމިކް މައްސަލަތަކާގުޅިގެން ހަދަންޖެހޭ ޑެސްކް ރިވިއު ހެދުން.
- ކޮމިޝަނުން ކުރިއަށްގެންސާ ދިރާސާތަކަށް މައުލޫމާތު ހޯދުމަށް ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުން.
- ދިރާސާ ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންތައްތައް އެޑްވަކޭޓް ކުރުމުގެ ގޮތުން ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
- ކޮމިޝަނުން ނިންމާ ކަންތައްތަކާއި ކޮމިޝަނުން ރާވާފައިވާ ހަރަކާތްތަކާއިގުޅިގެން ކުރަންޖެހޭ އެޑްވޮކަސީ މަސައްކަތް ޑިރެކްޓަރ ނުވަތަ ޑިޕާޓްމަންޓާއި ހަވާލުހުރި އިސްފަރާތުގެ ލަފާގެ މަތިން ޕްލޭންކޮށް އެމަސައްކަތްކުރުން.
- ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި އިންވެސްޓިގޭޝަން އޮފިސަރުން އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
- ކޮމިޝަނުން ހަވާލުކުރާ ވަޒީފާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
- ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
- އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
|
ސުންގަޑި:
|
2026 އޮގަސްޓް 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ، މ. ޗަނބޭލީވިލާ، ކ. މާލެ (ސްޓަރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) އަދި ކޮމިޝަނުގެ ދެކުނު ގޮފި ސިލްވަރލޭކް، މެދިއާރި މަގު، ސ. ހިތަދޫ ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|