މަސައްކަތް
ނަންބަރު: (IUL)451-PU/1/2026/3
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި:
23 އޮގަސްޓް 2026 00:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ކޭޓަރިންގ އަދި ގާލާ ނައިޓް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
- މި އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން 2026 ސެޕްޓެންބަރު 12 ން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ކޭޓަރިންގ އަދި ގާލާ ނައިޓް ހަމަޖެއްސުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޯގަސްޓް 17 ން 2026 އޯގަސްޓް 23 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/46UiGsrWXkchJh386
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޯގަސްޓް 23 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޯގަސްޓް 24 ވަނަ ދުވަހުގެ 10:00 ގައިނޭޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަން 02 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ޢިއްޒުއްދީން ބިލްޑިންގ، 1 ވަނަ ފަންގިފިލާ
ރަށްދެބައި ހިނގުން، މާލެ، ދިވެހިރާއްޖެ.
ފޯން: 3041414/3041430
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
17 އޮގަސްޓް 2026