ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-HR/1/2026/99
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 27 އޮގަސްޓް 2026 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޕްރިންސިޕަލް ލީގަލް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 17 އޮގަސްޓް 2026

ނަންބަރު:

(IUL)168-HR/1/2026/99 

ލީގަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް

މަޤާމު:

 ޕްރިންސިޕަލް ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު) ޙާސިލްކޮށްފައިވުން.

ނުވަތަ 

 2. ޤާނޫނީ ދާއިރާއިން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދު) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 3. ޤާނޫނީ ދާއިރާއިން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  1. ޤާނޫނާއި، ޤަވާޢިދާއި، އިދާރީ އުޞޫލުތައް އެކުލަވާލުމުގެ މަރުޙަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތަކާއި ބެހޭގޮތުން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ ޑިރެކްޓަރުގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާދިނުން.
  3. އަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ހަދާ ރިވިއުތަކަށް ޤާނޫނީ ލަފާދިނުން.
  4. ކޮމިޝަނުގެ ފަރާތުން ޝަރީއަތަށް ފޮނުވާ މައްސަލަތައް ތައްޔާރުކޮށް ކަމާބެހޭ ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  5. ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  6. ގާނޫނީ އެހީއާއި ލަފާ ފޯރުކޮށްދޭނެ އުސޫލުތަކަކާއި މިންގަނޑުތަކެއް އެކުލަވާލުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
  7. ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވުން.
  8. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  9. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  10. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 އޮގަސްޓް 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

17 އޮގަސްޓް 2026