ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/72
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 20:27
ސުންގަޑި:
23 އޮގަސްޓް 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ކެނދި ހިޔާ ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް 30 ޖުލައި 2026 ގައި ކޮށްފައިވާ އިޢުލާން (ނަންބަރު: (IUL)286-MP/286/2026/60) އާއި ގުޅިގެން ދަންނަވަމެވެ. ކުރިން ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ޝީޓުގެ 6 ވަނަ މާއްދާ (ބީލަން ވަޒަންކުރުން) ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ބެލޭނެކަންކަމާއި ޕޮއިންޓް ދެވޭނެ ގޮތަށް އައިސްފައިވާ ބަދަލު ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާނެއެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ މަތީގައި ދަންނަވާފައިވާ އިޢުލާނުގެ ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
މަޢުލޫމާތަށް އައިސްފައިވާ ބަދަލުތައް
ތިރީގައި މިވާ ތާވަލުގެ 6 ވަނަ މާއްދާގެ "ކުލީގެ ގޮތުގައި ހުށަހަޅާ ޖުމުލަ އަގު" ބީލަން ވަޒަން ކުރުމުގައި އެމާއްދާ ކަނޑާލުމަށްފަހު، "ކުލީގެ ގޮތުގައި ހުށަހަޅާ ޖުމުލަ އަގުން މަހަކަށް އެވަރެޖް ޖެހޭ އަގު" އަށް ބަދަލުކުރުން.
(ބަދަލު އައިސްފައިވާ މާއްދާ ރަތް ކުލައިން ފާހަގަކޮށްފައި)
|
ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު
|
ޕްރޮޕޯސަލް އިވެލުއޭޓު ކުރުމުގައި ބެލޭނެކަންކަމާއި ޕޮއިންޓް ދެވޭނެ ގޮތްތައް
|
40%
|
ކުލީގެ ގޮތުގައި ހުށަހަޅާ ޖުމުލަ އަގުން މަހަކަށް ޖުމުލަ ޖެެހޭ އަގަށް %40
ހުށަހަޅާފައިވާ ޖުމުލަ މުއްދަތުން ގްރޭސް ޕީރިއަޑްގެ މުއްދަތު އުނިކުރުމަށްފަހު، ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދުން މަހެއްގެ މައްޗަށް ހިސާބުކޮށް އެވަރެޖް ކުރުމަށްފަހު ޖެހޭ އަދަދަކީ ބެންޗް މާކް ކަމުގައި ބަލައިގެން.
|
|
10%
|
ބިމުކުލީގެ ގޮތުގައި ހުށަހަޅާ އަގަށް އަންނަ ބަދަލަށް
އިވަލުއޭޓު ކުރުމުގައި ޕޮއިންޓް ދެވޭނީ، ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ކޮންމެ 5 (ފަހެއް) އަހަރަކުން އައިސްފައިވާ ކުރިއެރުމަށް ބަލައި، އަގަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓެވެ.
|
|
15%
|
ޚިދުމަތް ދޭން ހުށަހަޅާ މުއްދަތު
މިބަޔަށް މާކްސް ދެވޭނީ ޚިދުމަތުގެ މުއްދަތު އެންމެ ކުރުމުއްދަތަކަށް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓު ދީގެންނެވެ.
|
|
10%
|
ޚިދުމަތް ދިނުމަށް ފަށާނެ މުއްދަތު
މިބަޔަށް މާކްސް ދިނުމުގައި ބަލާނީ މިބީލަމުގައިވާ ބިމުގައި ކުރަންބޭނުންވާ މަސައްކަތްތައް ޚިދުމަތް ދެވޭނެ ފެންވަރަށް ނިންމާ އޮޕަރޭޝަނަށް ގެންނަން ހުށަހަޅާ މުއްދަތެވެ. (އެންމެ ކުރުމުއްދަތަށް އެންމެ ގިނަ ޕޮއިންޓް)
|
|
10%
|
ގްރޭސް ޕީރިއަޑް
މިބަޔަށް މާކްސް ދެވޭނީ އެންމެ ކުރުމުއްދަތަކަށް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓު ދީގެންނެވެ.
|
|
5%
|
ސީ.އެސް.އާރު. %5
ސީ.އެސް.އާރު ގެ ގޮތުގައި ހިމެނޭނީ ފައިސާގެ އަދަދެކެވެ. ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި އެންމެ މަތިން ސީ.އެސް.އާރުގެ ދަށުން އިންވެސްޓްކުރަން ގަސްތުކުރާ ޢަދަދު ބެންޗުމާކު ކަމަށް ބަލައިގެން މާކްސްދޭ ގޮތަށެވެ.
|
|
10%
|
ދޭނެ ޚިދުމަތްތައް
(މިހާރު ގެސްޓް ހައުސް އިން ނުލިބޭ 5 ޚިދުމަތެއް ތަޢާރަފުކޮށް ފެށުން) - ހުށަހަޅާ ކޮންމެ ޚިދުމަތަކަށް 1 ޕޮއިންޓް ދޭގޮތަށް (ގިނަވެގެން 5 ޕޮއިންޓް)
|
|
100%
|
ޖުމުލަ:
|
|
6 6 - ބީލަން ވަޒަންކުރުން
|
-
|
ހ - ބީލަން ހުޅުވުން އޮންނާނީ 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.
|
- އިތުރު މަޢުލޫމާތު
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ
- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
03 ރަބީއުލްޢޫލާ 1448