މަސައްކަތް
ނަންބަރު: (IUL)421/ESMSED/421/2026/34
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 19:50
ސުންގަޑި: 24 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު މަރާމާތު ކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/34

ތާރީޚް

‏ 03 ރަބީޢުލްއައްވަލުުް 1448

 16 އޮގަސްޓް 2026

ފުޓްސަލް ދަނޑު މަރާމާތު ކުރުން

            މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މިރަށު ފުޓްސަލް ދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.އަދި މިމަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގް ގައި ބައިވެރިނުވާ ފަރާތްތަކުން ހުހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

24 އޮގަސްޓް 2026

ހޯމަ

14:00

ޕްރީބިޑް މީޓިންގް ބާއްވާގަޑި

26 އޮގަސްޓް 2026

ބުދަ

10:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

27 އޮގަސްޓް 2026

ބުރާސްފަތި

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

 

                                                                  ލަމްޢާން ވަޙީދު

                                                                ކައުންސިލްގެ ރައީސް                                                          

16 އޮގަސްޓް 2026