ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2026/43
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 03 ސެޕްޓެންބަރު 2026 23:59
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 16 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލްގެ 16 ވަނަ ޤުރުއާން މުބާރާތް 2026 ސެޕްޓެމްބަރ 17 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މުޅިމުބާރާތުން 1 ވަނައަށް އަންނަފަރާތަކަށް ޢުމުރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ  މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރަށުގެ ހުރިހާ ޢުމުރު ފުރާއަކަށްވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ކައުންސިލްގެ 16 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އިޢުލާނާއިއެކު މުބާރާތުގެ ޤަވާޢިދު ޢާންމު ކުރީމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް:  https://forms.gle/T4cw2fbEK1UuQi92A

މުބާރާތުގެ ޤަވާއިދު ލިންކް: https://drive.google.com/file/d/1AgY7Fd7igtFtcW56KSpXafdOgaHV88OA/view?usp=sharing

16 އޮގަސްޓް 2026