| މަޤާމުގެ ނަން: ސައިޓް ސުޕަވައިޒަރ | މުސާރަ: -/12،500 ރުފިޔާ | ފުޑް އެލަވަންސް: -/1،050 ރުފިޔާ | 
| ލިވިންގް އެލަވަންސް: -/1،500 ރުފިޔާ | އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ | ބޭނުންވާ އަދަދު:1 (އެކެއް) | 
| މަސައްކަތްކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް | 
| މަޤާމުގެ ޝަރުޠު:  
މީހުން ބެލެހެއްޓުމާއި، ސައިޓް ސުޕަވައިޒްކުރުމާ ގުޅޭ ތަޖުރިބާ ލިބިފައިވުން.މަސައްކަތް ކުރެވޭވަރުގެ ސިޢްޙަތެއްގައި ހުރި މީހެއްކަމުގައިވުން.ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.ސައިޓުގައި ގިނަ ވަގުތު ހޭދަކުރެވޭނޭ މީހެއްކަމުގައިވުން. | 
| މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 
ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގުން.ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.ސައިޓުގެ ސޭފްޓީއާއި ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ބެލުން.ސައިޓަށް އަރާ ފައިބާ މީހުން މޮނިޓަރކުރުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބެލުން.ސައިޓުގެ ސާފުތާހިރުކަން ޔަގީންކުރުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރޭތޯ ބެލުން. | 
| މަޤާމުގެ ނަން: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ | މުސާރަ: -/10،400 ރުފިޔާ | ފުޑް އެލަވަންސް: -/1،050 ރުފިޔާ | 
| ލިވިންގް އެލަވަންސް: -/1،500 ރުފިޔާ | އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ | ބޭނުންވާ އަދަދު:1 (އެކެއް) | 
| މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، މާލޭ އޮފީސް | 
| މަޤާމުގެ ޝަރުޠު:  
ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ހިއުމަން ރިސޯސްގެ ދާއިރާއިން ނުވަތ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން  ބެޗްލަރ  ޑިގްރީ  ސެޓްފިކެޓް  ހާސިލުކޮށްފައިވުން  ނުވަތަ  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ، މަޤާމާ ގުޅޭ ދާއިރާއެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.ހިއުމަން ރިސޯސްއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން. | 
| މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: 
ކުންފުނީގެ ސްޓާފުންގެ ތަމުރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ޓްރެއިނިންގ ރިކުމެންޓް ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކާ ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ބެލުމާއި، ހާޒިރީއާއި، އެންމެހައި މަސައްކަތްކުރުން.ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ކުންފުންނަށް ވެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ކުންފުނީގެ އުސޫލާއެކު ގަޑިއަށް ކުރިޔަށް ގެންދިޔުން.ހިއުމަން ރިސޯސަސް ނުވަތަ ވަޒީފާއާ ގުޅޭ މަސައްކަތާ ގުޅޭގޮތުން ސްޓާފުންނަށާއި ސުޕަވައިޒަރަށް ބޭނުންވާ މަޢުލޫމާތާއި އެހެނިހެން އެހީ ފޯރުކޮށްދިނުން.ރަސްމީ މަސައްކަތާ ގުޅޭގޮތޫން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން. | 
| ސުންގަޑި:  2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.) | 
| ހުށަހަޅަންޖެހޭ ލިޔުންތައް: 
ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން. | 
| ހުށަހަޅަންވީ ތަން: ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ. | 
| އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |