ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/41
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 24 އޮގަސްޓް 2026 12:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް މުބާރާތުގައި ބައިވެރިފައިވާ އދ. މަންދޫ ފުޓްސަލް ޓީމު ދަތުރުކުރާނެ އުޅަނދެއް ހޯދުމާއި ގުޅޭ

އެފް.އޭ.އެމް އިން އިންތިޒާމްކުރާ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާ އދ. މަންދޫ ފުޓްސަލް ޓީމު، މެޗު ކުޅުމަށްޓަކައި އދ. ދަނގެއްޗަށް ދަތުރުކުރުމަށް އެކަށީގެންވާ ސްޕީޑް ލޯންޗެއް ހޯދަން ބޭނުންވެއްޖެއެވެ.

ދަތުރުގެ ތާވަލު:

މަންދޫއިން ދަނގެއްޗަށް ފުރުން: 26 އޮގަސްޓް 2026 (ބުދަ) ދުވަހުގެ ހަވީރު 15:30 ގައި

ދަނގެތިން މަންދޫއަށް އެނބުރި އައުން: 26 އޮގަސްޓް 2026 (ބުދަ) ދުވަހުގެ ރޭގަނޑު 22:30 ގައި (މެޗު ނިމުމުން)

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

16 އޮގަސްޓް 2026