ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414-1/414/2026/57
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ފެށުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލުން ފެށުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

           ކައުންސިލް ޤުރްއާން ކުލާސް (އަލްއަސާސް)ގައި ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކުގައި ބައިވެރިވުމުގު ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން ޤުރްއާން ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު 27 އޮގަސްޓު 2026 ވާ ބުރާސްފަތު ދުވަހު 14:00 ގެ ކުރިން ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ޤުރްއާން ކުލާސް ހިންގުމުގެ އުޞޫލު އާންމުކުރީމެވެ. އަދި ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.  މި ކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލް ހޮޓް ލައިން ނަންބަރ 7916100 އަށް ގުޅުއްވުން އެދެމެވެ.

16 އޮގަސްޓް 2026