ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)325-A/325/2026/57
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 19 އޮގަސްޓް 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކަށް ޕޫލް އުސޫލުން މަސައްކަތު މީހުން ނެގުމާއި ގުޅޭ

            މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުން ޗުއްޓީނެންގެވުމުން މިސްކިތުގައި މަސައްކަތް ކުރާނެ ވަގުތީމަސައްކަތު މީހުން ބޭނުން ވެއްޖެއެވެ. މިވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް -/225 ރުފިޔާގެ މަގުން ފައިސާ ލިބިލައްވާނެއެވެ.

           ފެންވަރު ނުވަތަ ޝަރުތު: އަސާސީ ފެންވަރަށް ލިޔަންކިޔަން އެގުމާއެކު، މަސައްކަތް ކުރެވޭނެ ޞިއްޙަތެއްގައި ހުރި އުމުރުން 65 އަހަރު ފުރިހަމަނުވާ މީހަކު ކަމުގައިވުން.  މިމަޤާމަކީ ބަންދުދުވަހެއްނެތި ހަފްތާގެ 7 ދުވަހު ޑިއުޓީއަށް ނުކުންނަންޖެހޭ މަޤާމެކެވެ.

  • ކުރަންޖެހޭ މަސައްކަތްތައް:

1-     ވޭޖް އުސޫލުން އެވަގުތެއްގައި ކައުންސިލުން ކަނޑައަޅާ މިސްކިތަކަށް ނުކުމެ މަސައްކަތްކުރުން.

2-     ކައުންސިލް އިދާރާއިން ކަނޑައަޅާ އުޞޫލްތަކާ އެއްގޮތަކަށް ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރެއާއި މިސްކިތު އެތެރެ ސާފުކޮށް ބެލެހެއްޓުން.

3-     މިސްކިތުގެ އެންމެހާ ދިއްލުންތަކާއި ފަންކާތައް ބޭނުންވާ ވަގުތުތަކުގައި ދިއްލާ ޖެއްސުމާއި ބޭނުންވާ ވަގުތު ނިވާލުން.

4-     މިސްކިތުގެ ވަޅުދޮށާއި ފެންގެ އަދި ފާޚާނާ އަބަދުވެސް ސާފުކޮށް ބެހެއްޓުމާއި، މިކަންކަމަށް ބޭނުންވާ ސާމާނު ސްޕަވައިޒަރާ ވާހަކަ ދައްކައިގެން ހޯދުން.

5-     މިސްކިތައް ލިބެމުންދާ ގެއްލުންތައް ވަގުތުން ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް ޙައްލުކުރެވެން ހުރި ކަންކަން ޙައްލުކުރުން.

6-     ސްޕަވައިޒަރގެ ލަފާގެމަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ގޯތިތެރެ ފެހިކުރުމަށް މަސައްކަތް ކުރުން.

7-     ކައުންސިލް އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން މިސްކިތު ޙާޟިރީގައާއި، ކައުންސިލް އިދާރާގެ ޙާޟިރީގައި ކޮންމެ ދުވަހަކުވެސް ސޮއިކުރުން.

           ވީމާ މިމަޤާމަށް ކުރިމަތިލުމަށް ޝައުގު ވެރިވާ ފަރާތްތަކުން ތިރީގައިވާ ތަކެއްޗާއިއެކު 19 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1-     ޕޫލް ވަޒީފާއަށްއެދޭ ފޯމް

2-     ލިބިފައިވާ ތައުލީމީސެޓްފިކެޓްގެ ކޮޕީ

3-     އައިޑީކާޑުގެ ދެފުށުގެ ފުޓޯކޮޕީ

4-     ބޭންކް އެކައުންޓް ނަންބަރު އެގޭނެ ލިޔުމެއް.

            މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

          03 ރަބީޢުލް އައްވަލް 1448

16 އޮގަސްޓް 2026