މަސައްކަތް
ނަންބަރު: (IUL)334/334/2026/134
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި:
26 އޮގަސްޓް 2026 12:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ރަށުގެ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތާ ގުޅޭ
މި ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، މި ރަށުގެ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް 03 މަސްދުވަހުގެ ތެރޭގައި އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:30 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހީރާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލްގެ ނަންބަރު 6640074 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
16 އޮގަސްޓް 2026