ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2026/64
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 08:58
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

5 ވަނަ ދައުރުގެ 4

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

10 ޖޫން 2026

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. ރަށުގެ ލޭންޑް ޔޫސް ޕްލޭން ޗާޓުގެ އިރުދެކުނު ކޮޅުގައިވާ 76 ގޮތުގައި ޒޯން ކުރެވިފައިވާ 2 ވަނަ ބިން 67.2 (ބޯޓް ބިލްޑިން އެންޑް ރިޕެއަރ) ބަދަލުކުރުން. މިސަރަހައްދުން މިމަސައްކަތައް 4025 އަކަފޫޓުގެ 3 ބިން އަދި 1000 އަކަފޫޓުގެ 2 ބިން ނެގުމަށް އަދި ޗާޓުގެ އިރުދެކުނު ކޮޅުގައިވާ 76 ގޮތުގައި ޒޯން ކުރެވިފައިވާ 3 ވަނަ ބިން 68.1 (ސްޓޯރޭޖު ވެއަރ ހައުސްއަށް 2000 އަކަފޫޓުގެ 4 ބިން ނެގުމަށާއި އަދި 68.2 (ވަރކްޝޮޕް) އަށް 2000 އަކަފޫޓުގެ 6 ބިން ނެގުމަށް  ޒޯން ބަދަލުކޮށް އިސްލާޙްކުރުމަށް ނިންމުނު.
  2. ލުބޯމާގެ ރަޖިސްޓަރީގައިވާ މިންތަކާއި މިހިނދަށް ގޯތީގައި ހުރި މިންތަކާއި ތަފާތުވެފައިވާތީ މިހިނދަށް ގޯތީގައިހުރި މިންތަކަށް ރަޖިސްޓަރީ އިސްލާޙްކުރުމަށް ނިންމުނު.
  3. ތ. ވަންދޫ ލުބޯމާގެ ޢިމާރާތާއި ގޯތި ރަޖިސްޓަރީގައި ވެރިފަރާތުގެ ގޮތުގައިވާ ފަރާތާއި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 3/N-7-C/1982 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެރިފަރާތްކަމުގައިވާ ފަރާތާއި ތަފާތުކަން ފާހަގަކުރެވިފައިވާތީ މިމައްސަލައިގައި ވަންދޫ މެޖިސްޓްރޭޓް ކޯޓުން މައުލޫމާތު ސާފުކުރުމުން ތ. ވަންދޫ ލުބޯމާގެ ރަޖިސްޓަރީގެ ވެރިފަރާތް ތ. ވަންދޫ، ލުބޯމާގެ، އާއިޝަތު އިސްމާއީލް އަށް ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް އެކޯޓުގައި ހިނގާފައިނުވާކަމަށް އަންގާފައިވާތީ ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 3/N-7-C/1982 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުގެމަތީން ވެރިފަރާތް ބަދަލުކުރުން ކުރިޔައްގެންދިއުމަށް ނިންމުނު.
  4. އިދާރާއިން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު 2026/1438/BC/006 (10 ޖޫން 2026) ފާސްކުރުމަށް ނިންމުނު.
10 ޖޫން 2026