ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 ސެޕްޓެމްބަރ 2026 ން 7 ސެޕްޓެމްބަރ 2026 ށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 2026 " ފަހުގެ ތާރީޙަކަށް ލަސްކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ މިމުބާރާތުގެ ޓީމް އިވެންޓް ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެފަރާތުގެ މަޢުލޫމާތު ހިމެނޭހެން ލިޔުމުން ހުށައެޅުން އެދެމެވެ.
ފޯކަލް ޕޮއިންޓުން ކަނޑައެޅުމަށް މިއެދެނީ މި މުބާރާތް ތާވަލުކުރުމާއި އަދި އެހެނިހެން ތައްޔާރީތަކަށް އަވަސް ފުރުޞަތެއްގައި ބައްދަލުކޮށް މަޝްވަރާކޮށް ނިންމުމަށެވެ.
އީމެއިލް ކުރައްވާނީ : [email protected]
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.