ބީލަން
ނަންބަރު: (IUL)160-CS/1/2026/31
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 26 އޮގަސްޓް 2026 11:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފޮޓޯނެގުމާ ވީޑިއޯ ރެކޯޑިންގ އަދި ލައިވް ކަވަރޭޖާ މިކަންކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމުގެ ފުރުޞަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފޮޓޯނެގުމާ ވީޑިއޯ ރެކޯޑިންގ އަދި ލައިވް ކަވަރޭޖާ މިކަންކަމާ ގުޅުންހުރި މަސައްކަތްތަށް ކުރުމަށް ފުރުޞަތު ހުޅުވާލުމަށް ކުރި ނަމްބަރު (IUL)160-CS/1/2026/26 އިއުލާނާއި ގުޅިގެން އިޢުލާނާއިއެކުގައިވާ މައުލޫމާތު ކަރުދާހުގެ މާކިން ކްރައިޓީރިއާގެ މުއްދަތު ހިމެނިފައިވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.

 

 ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ޤައުމީ މުބާރާތުގެ ފޮޓޯނެގުމާ ވީޑިއޯ ރެކޯޑިންގ އަދި ލައިވް ކަވަރޭޖާ މިކަންކަމާ ގުޅުންހުރި މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026  އޮގަސްޓު 20 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.cloud.microsoft/r/tj07UtkLtJ

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓު 26 ވާ ބުދަ ދުވަހުގެ 11:30 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ޤައުމީ މުބާރާތުގެ ފޮޓޯނެގުމާ ވީޑިއޯ ރެކޯޑިންގ އަދި ލައިވް ކަވަރޭޖާ މިކަންކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން "މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ  3019340 / 3019300 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 އޮގަސްޓް 2026