ދިވެހިރާއްޖެ
ހދ.ފިނޭ އ.ތ.މ.ކ ކޮމިޓީން އިސްނަގައިގެން ކްރިއޭޓިވް ޕްރޮޑަކްޓްސްއާއި ގުޅިގެން ފިނޭގެ އަންހެނުންނަށް ޙާއްސަކޮށްގެން ހިންގާ ކައްކާ ކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި ކޯހަކީ 10 ދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ. ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކަށް -/1500 ރުފިޔާއެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 15 ބައިވެރިން ހަމަވާނަމައެވެ.
ކޯހުގައި ކައްކަން ދަސްކޮށްދޭނެ ބާވަތްތަކުގެ ލިސްޓް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.
ގޫގުލް ފޯމު ލިނކް: https://forms.gle/GaPAUCSFaToprMUVA
އިތުރު މަޢުލޫމާތު ހޯދުމަށް: 7686769
ވީމާ މިކަން އާއްމުކޮށް އަންގާ ޢިއުލާނު ކުރީމެވެ.