ދިވެހިރާއްޖެ
|
ނީލަން ކިޔުން |
|
|
މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ. |
|
|
ތަކެތީގެ ތަފްޞީލް: |
އަވިކަތަ ލޯންޗް |
|
ނީލަން ފެށޭ އަގު: |
2،160،000.00ރ (ދެ މިލިއަން އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) |
|
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު: |
21،600.00ރ (އެކާވީސްހާސް ހަސަތޭކަ ރުފިޔާ) |
|
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން: |
2026 އޮގަސްޓް 19 ވާ ބުދަ ދުވަހުގެ 11:00 ގައި |
|
ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން: |
ޑިޕޮސިޓް ފައިސާގެ ގޮތުގައި 108،000.00ރ (އެއްލައްކަ އަށްހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 7704-100078-001 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން. |
|
ޑިޕޮސިޓް ބަލައިގަތުން: |
2026 އޮގަސްޓް 23 އާދިއްތަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަން. |
|
އަގު ހުށަހަޅާނެ ތާރީޚް: |
2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 11:00 ގައި |
|
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި: |
ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
|
ތަކެތި ހުރި ތަން: |
މާލެ / ސައުތު ހާބަރ |
|
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 7325332/3338150 އަށެވެ. |
|
ނޯޓް: މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް އަގު ހުށައެޅުމަށް ދީފައިވާ ފުރުޞަތުގައި އަގު ހުށައެޅުއްވުމަށް ފަހު، ހުށައެޅުން އަނބުރާ ނަގާ ނުވަތަ ހުށައެޅުން ބާޠިލު ކުރިނަމަވެސް، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. ނީލަމަށް އަގު ހުށައަޅާއިރު ހުށައަޅާ އަގަކީ އެފަރާތުން ހުށައަޅާ ފައިނަލް އަގު ކަމުގައި ބެލެވޭނެއެވެ.
|
|
|
30 ޞަފަރު 1448 13 އޮގަސްޓް 2026 |
|