ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)413/413/2026/35
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 20 އޮގަސްޓް 2026 10:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް އިލެކްޓުރޯނިކް ސާމާނު ގަނެދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ނަމްބަރު: (IUL)413/413/2026/35

އިޢުލާން

 

މިއިދާރާއަށް އިލެކްޓުރޯނިކް ސާމާނު ގަނެދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

 

         ގއ.ގެމަނަފުށީ ކައުންސިލް އިދާރާއަށް އިލެކްޓުރޯނިކް ސާމާނު ގަނެދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 20 އޮގަސްޓް 2026 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 79854587916180, އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 20 އޮގަސްޓް 2026   ގެ 10:30 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2026 ގެ 13:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މާކުސްދެވޭ ކުރައިޓީރިއާ

މާކުސްދެވޭގޮތް

ތަފްސީލް

އަގު

100%

މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޮގަސްޓް 2026

 

 

                                                                

13 އޮގަސްޓް 2026