ދިވެހިރާއްޖެ
| މަޤާމް :ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) ޕްރޮކިއުމަންޓް | |
|---|---|
| ބޭނުންވާ އަދަދު :1 | |
| މަޤާމް :ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) ކައުންޓަރ ސަރވިސް އެންޑް ފެސިލިޓޭޝަން | |
|---|---|
| ބޭނުންވާ އަދަދު :1 | |
| މަޤާމް :ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) ރިކަވަރީ | |
|---|---|
| ބޭނުންވާ އަދަދު :2 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
|
މަގާމު: |
ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) |
|
އަދަދު: |
1 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާޓްމަންޓް / ޕްރޮކިއުމަންޓް ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު -/8,450 ރުފިޔާ |
|
މަގާމުގެ އެލަވަންސް |
މަހަކު -/2,535 ރުފިޔާ |
|
ހާޒިރީ އިނާޔަތް: |
-/70 ރުފިޔާ (ހާޒިރުވާ ދުވަހަކަށް) |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާއަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން ކޯޓޭޝަންތައް ހޯދުމާއި، ބިޑްކުރުމުގެ މަސައްކަތާއި، ޕަރޗޭސް އޯޑަރތައްހެދުމާއި އެ ތަކެތި އޮފީހަށް ބަލައިގަތުމާއި ޕްރޮކިއުމަންޓާ ގުޅޭ މުހިންމު ސިޓީތަކާއި އެހެނިހެން ލިޔެކިއުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުން. |
|
ޝަރުޠު: 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
|
މަގާމު: |
ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) |
|
އަދަދު: |
1 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ޑިވިޜަން / ކައުންޓަރ ސަރވިސް އެންޑް ފެސިލިޓޭޝަން ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު -/8,450 ރުފިޔާ |
|
މަގާމުގެ އެލަވަންސް |
މަހަކު -/2,535 ރުފިޔާ |
|
ހާޒިރީ އިނާޔަތް: |
-/70 ރުފިޔާ (ހާޒިރުވާ ދުވަހަކަށް) |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ކައުންޓަރުން ފައިސާ އާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ކަމާގުޅޭ އެންމެހާ މަސައްކަތްތައްކުރުން. |
|
ޝަރުޠު: 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
|
މަގާމު: |
ސީނިއަރ ޓެކްސް އެޑްމިނިސްޓްރޭޝަން ސަޕޯޓް އެސިސްޓަންޓް (ޕީ.އެސް ރޭންކް 4) |
|
އަދަދު: |
2 |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ރިކަވަރީ ޑިޕާޓްމަންޓް |
|
އަސާސީ މުސާރަ: |
މަހަކު -/8,450 ރުފިޔާ |
|
މަގާމުގެ އެލަވަންސް |
މަހަކު -/2,535 ރުފިޔާ |
|
ހާޒިރީ އިނާޔަތް: |
-/70 ރުފިޔާ (ހާޒިރުވާ ދުވަހަކަށް) |
|
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރުން. |
|
ޝަރުޠު: 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.
- އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 އޮގަސްޓު 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް
Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
29 ޞަފަރު 1448
12 އޮގަސްޓު 2026