ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓުގެ ލާންޗުގައި އަޅާފައިވާ 2 އިންޖީނު (ޕާރކިންސް، ސޭބާ 215 ހޯސްޕަވަރުގެ، ޑީސަލް) މި ދެ އިންޖީނު އަޅާފައިވާ ލާންޗާއެކު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މި ލާންޗަކީ 1993 ގައި އުފައްދާފައިވާ ލާންޗެކެވެ. ލާންޗް މިހާރު އޮތީ ކައްދޫ ބަނދަރުގައެވެ.
| ނީލަން ނަންބަރު: | ނީލަންކިޔާ ތަކެތި: | އިންޖީނުގެ ބާވަތް: | އުޅަނދުގެ ދިގުމިން: | އުޅަނދުގެ ފުޅާމިން: | އުޅަނދުގެ ފުންމިން: | ޓަނޭޖް: | ނީލަން ފެށޭ އަގު: | 
| 1 | 2 އިންޖީނު (1 ލާންޗާއެކު) | ޕާކިންސް ސޭބާ (ޑީސަލް) 215 ހޯސްޕަވަރ | 9 މީޓަރ | 3 މީޓަރ | 1.8 މީޓަރ | 3.94 | 200,000.00ރ. (ދެލައްކަ ރުފިޔާ) | 
ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން އަގު ހުށަހަޅުއްވާނީ ސިޓީއަކުން ކައްދޫ އެއަރޕޯޓް އޮފީހަށެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު ކައްދޫ އެއަރޕޯޓުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިވާނެއެވެ. ހުށަހެޅިފައިވާ އަގަށް މަދުވެގެން އިތުރުކުރެވޭނީ 5,000.00 (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގެ އަގު އެކަށީގެންވާ ހިސާބަށް އެރުމަށްފަހު ވިދިވިދިގެން 3 (ތިނެއް) ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަގު ހުށަހަޅުއްވާއިރު ނީލަން ނަންބަރާއި ހުށަހަޅުއްވާ އަގު ސާފުކޮށް އެނގެން އޮންނާންވާނެއެވެ.
16 ރަމަޟާން 1434