މަސައްކަތް
ނަންބަރު: (A)263/2016/17
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 14 ފެބުރުވަރީ 2016 13:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ނެއްލައިދޫގައި ބަށިކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މިރަށުގެ ބޯޅަދަނޑުގެ ހުޅަނގުދެކުނު ކަނަށްވާ ސަރަހައްދުގައި މިއިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް ބަށިކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016