ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340/340/2026/42
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 23 އޮގަސްޓް 2026 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ފައިނޭންސް އޮފިސަރ

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު :

J-461167

ބޭނުންވާ އަދަދު :

01

މަޤާމުގެ ގިންތި :

ދާއިމީ

މަޤާމުގެ ރޭންކު :

ޕަބްލިކް ސަރވިސް ރޭންކް 5 ( ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން :

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ، އއ.ރަސްދޫ

މުސާރަ :

މަހަކު 9495.00  ރުފިޔާ.

މަގާމުގެ އެލަވަންސް:

މަހަކު 2850.00 ރުފިޔާ.

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

 

 

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

މަޤާމުގެ މައިގަނޑު މަސްއޫ ލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލް މުވައްޒަފުންގެ އިތުރުގަޑީގެ ޙާޟިރީއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ލިބުމުން އެއާ އެއްގޮތަށް ގަޑީލާރި ނަގައި އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކައުންސިލަށް ލިބޭ ބިލްތަކުގެ ތެރެއިން ވިޔަ މޮޑިއުލްގެ ތެރެއިން ތައްޔާރުކުރެވޭ ބިލް އެންޓްރީގައި ނުހިމެނޭ ބިލްތަކުގެ (ކަރަންޓްބިލް، ފޯން ބިލް، އިންޓަރނެޓް ބިލް، ފެން ބިލް، އެގްރިމެންޓްތަކާއި ގުޅިގެން ލިބޭ ބިލްތަކުގެ) ބިލް އެންޓްރީ މެނުއަލްކޮށް ތައްޔާރުކޮށް ގަވާއިދުން އަދާހަމަ ކުރަމުން ގެންދިޔުން.
  5. ދަޢުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޤަވާޢިދުން ޓީ-ފޯމް ތައްޔާރުކޮށް ބެންކް މެދުވެރިކޮށް ޖަމާކުރުން.
  6. ކައުންސިލުން ތައްޔާރުކުރަންޖެހޭ އެންމެހާ ޕޭމަންޓް ވައުޗަރތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް، ސޮއިކުރުވުމަށްފަހު، ބެންކް މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފައިސާ އެފަރާތްތަކަށް ދެއްކިއްޖެކަން ޔަޤީންކުރުމަށްފަހު، ޕޭމަންޓް ވައުޗަރާއި އެއްހީރަސްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެއްހީރަސް ކުރުމަށްފަހު، ޤަވާއިދުން ވިޔަމޮޑިއުލްގައި ޕީ.ވީތައް އެޓޭޗްކުރަމުން ގެންދިޔުން.
  7.  ކައުންސިލް ހިންގުމަށް ދަޢުލަތުން ދެއްވާ ބްލޮކް ގްރާންޓް ފައިސާއާއި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި، އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ބަލައިގަތުމުން އެޑްވާންސް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް، އޭ.ސީ.އާރު ރިކައުންސިލްކޮށް ވިޔަ މޮޑިއުލްގެ ތެރެއިން ކޯޑްތަކަށް އެފައިސާ ރިލީޒް ކުރުމުގެ މަސައްކަތް ކުރުން.
  8. ކުރިޔަށް އޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން.
  9. ކައުންސިލުން ބަޖެޓް ފާސްކޮށްދެއްވުމުން، ވިޔަމޮޑިއުލްއަށް ބަޖެޓް އެންޓަރކުރުން.

10. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ކުރުމާއި އެކަމަގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

11. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން.

12. ކައުންސިލުގެ މާލިއްޔަތާބެހޭ ހިސާބުތައް ބެލެހެއްޓުމާއި، ކައުންސިލްގެ ލަފާގެ މަތިން މާލިއްޔަތު ދިރުވާ އިތުރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.

13. ކައުންސިލުގެ އެކައުންޓްތައް ބެލެހެއްޓުން.

14. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ  
  • އެކައުންޓިންގ އެންޑް ފައިނޭންސް  
  • އޮޑިޓިންގ  
  • އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން  
  • ބޭންކިންގ  
  • ބިޒްނަސް  
  • ކޭޝިއަރިންގ  
  • ކޮމާރސް  
  • ކޯޕަރޭޓް ފައިނޭންސް  
  • ފައިނޭންސް  
  • ފައިނޭންޝަލް އިކޮނޮމިކްސް  
  • ފައިނޭންޝަލް އިންޖިނިއަރިންގ  
  • ފައިނޭންޝަލް މެނޭޖްމަންޓް  
  • ފައިނޭންޝަލް މާކެޓްސް  
  • ފައިނޭންޝަލް ޕްލޭނިންގ  
  • ފޮރެންސިކް އެކައުންޓިންގ  
  • އިންޓަރނަލް އޮޑިޓިންގ  
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  • އިސްލާމިކް ފައިނޭންސް  
  • ޕަބްލިކް ފައިނޭންސް

މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާތައް:

  • ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  • ބޭންކިންގ ގެ މަސައްކަތްތައް
  • އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  • އޮޑިޓިންގ ގެ މަސައްކަތްތައް
  • އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  • އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
  • އެކައުންޓިންގ ގެ މަސައްކަތްތައް
  • ފައިނޭންސްގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް )

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެންމަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޮގަސްޓް 2026 ވަނަ ދުވަހުގެ ގެ 13:00 ގެ ކުރިން، މި އިދާރާ  (އއ. ރަސްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި، ޝަރުޠުހަމަވާ 10 ފަރާތަށްވުރެ އިތުރަށް ހުށަހަޅައިފިނަމަ،އެ ފަރާތްތަކުގެ ތެރެއިން، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް، ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު(އިމްތިޙާނާއިޕްރެޒެންޓޭ ޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އާއި، ޕްރެކްޓިކަލް އިމްތިޚާނު އޮންނާނީ، 01 ސެޕްޓެމްބަރ 2026 އާއި 15 ސެޕްޓެމްބަރ 2026 އާ ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމު ގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑު އަދި އިދާރާގެ ވެބްސައިޓްގައި، އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6660714 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

12 އޮގަސްޓް 2026