ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/66
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 20 އޮގަސްޓް 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭނެ ދާއިމީ ކޮމިޓީއެއް އެކުލަވާލުން

ކައުންސިލުން ނިންމާ ނިންމުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ ޚިޔާލުތައް ގާތުން އަޑު އެހުމަށްޓަކައި ކައުންސިލަށް ލަފާދޭނެ ދާއިމީ ކޮމިޓީއެއް އެކުލަވާލުމަށް ކައުންސިލުގެ 5 ވަނަ ދައުރުގެ 10 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ކައުންސިލުން ނިންމާފައިވަނީ ކޮމިޓީއަށް އައްޔަނުކުރާ މެމްބަރުން ވަކި އުމުރުފުރާތަކަކަށް ބަހާލައިގެން ކޮންމެ އުމުރުފުރާއަކުވެސް އަންހެން އަދި ފިރިހެން މެމްބަރެއް ހިމެނުމަށެވެ.

މިގޮތުން މި ކޮމިޓީގައި ހިމެނޭނީ ތިރީގައި މި ދަންނަވާ އުމުރުފުރާތަކުގެ ތެރެއިން ކޮންމެ އުމުރުފުރާއަކަށް 2 މެމްބަރުންނެވެ. 2 ފަރާތައްވުރެ އިތުރަށް ކުރިމަތިލައިފި ކަމުގައިވާނަމަ، މެމްބަރުން ނެގުމަށް ގުރުއަތު ލެވިގެންދާނެ ވާހަކަ ދަންނަވަމެވެ.

  1. 18 – 29 އަހަރު
  2. 30 – 39 އަހަރު
  3. 40 – 64 އަހަރު
  4. 65 އަހަރުން މަތި

ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.

ގޫގުލް ފޯމު ލިނކް: https://docs.google.com/forms/d/146mtByyxmJgcewP77VwDF6SE2Y_gOEqBk6-N6oZ607c/edit

 

              ވީމާ މިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

12 އޮގަސްޓް 2026