ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2026/33
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:26
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުމައްޗަށް ނުކުމެފައިވާ ރުއްގަސް ކޮށުމާއިގުޅޭ
މިރަށު ބައެއް ގޯތިތަކުގައި ހައްދާފައިވާ ރުއްގަހުގެ ގޮފިތަކާއި އަފިތައް އަދި ފަންތައް ގޯތިންބޭރަށް މަގުމައްޗަށް ނިކުމެފައިހުރުމުގެ ސަބަބުން، މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވެ، ރޭގަނޑު މަގުބައްތިތަކުގެ އަލިކަން މަގުތަކަށް ފުރިހަމަޔަށް ލިބުމަށް ހުރަސްއެޅިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ ގޯތިތަކުގައި ހައްދާފައިވާ ރުއްގަހުގެ 12 ފޫޓަށްވުރެ ތިރިން މަގުމަށްޗަށް ނުކުމެފައިހުރި ގޮފިތަކާއި އަފިތައް އަދި ފަންތައް ކޮށާ ސާފުކުރުމަށް، އެފަދައެންމެހާގޯތިތަކުގެ ވެރިންނަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
12 އޮގަސްޓް 2026