ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ޤާއިމު ކުރެވޭ ނެޓްބޯޅަ ކޯޓާބެހޭ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ދާންދޫ ސްޕޯޓްސް އެރީނާ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ހަދަން ނިންމާފައިވާ ނެޓްބޯޅަ ކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މާކްސް ދެވޭނެ ކްރައިޓީރިއާ
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
75% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
15% |
ތަޖުރިބާ |
(Benchmark Duration / Submitted Duration) x Allocated Percentage |
|
10% |
މުއްދަތު |
އަގު ހުށަހެޅުން
އަގު ހުށަހަޅާންވާނީ، މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް އެދުވަހު ހަވާލުކުރެވޭ "އަންދާސީހިސާބު" ހުށަހަޅާ ފޯމުގައި އަގު ބަޔާން ކޮށްގެން އެފޯމުންނެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ، އެކަން އެފަރާތަކާ ހަވާލުކުރިކަން ބަޔާންކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ރަބީޢުލްއާޚިރު 1437