ދިވެހިރާއްޖެ
އައިލެންޑް އިނިސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން އާއި މިކައުންސިލް ގުޅިގެން ކުރިޔަށް އޮތް ސެޕްޓެންބަރު މަހު ގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާހަމައަށް، ނ. ކެނދިކުޅުދޫގައި ނިޔަމިކަމުގެ ސެޓްފިކެޓް-2 ކޯސް ހިންގުމަށް ހަމަޖެހިފައިވާތީ، މިކޯހަށް ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ. މިކޯހުގައި ފީއަކީ ބައިވެރިޔަކަށް -/2000 (ދެހާސް) ރުފިޔާ އެވެ. އަދި މިކޯސް ކުރިޔަށް ގެންދެވޭނީ މަދުވެގެން 15 ބައިވެރިން ހަމަވެއްޖެ ނަމައެވެ.
|
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން ކޯހުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 1 ސެޕްޓެންބަރ 2026 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/SVLXCKJ4mX |
|
އިތުރު މަޢުލޫމާތު: - ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 (ރަސްމީ ގަޑީގައި) |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
28 ސަފަރު 1448