މަސައްކަތް
ނަންބަރު: (IUL)241-B/241/2016/6
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 18 ފެބުރުވަރީ 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަތޮޅުކައުންސިލް އިމާރާތާއި އަތޮޅުގޭގެ އިމާރާތުގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ އިމާރާތާއި އަތޮޅުގޭގެ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، އޭސީތައް 1 އަހަރުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13.30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނިތަކުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއްނަމަ، ރަޖިސްޓަރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ.

މާކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް               %60
  • ލިބިފައިވާ ތަޖުރިބާއާއި ގާބިލުކަމަށް    %40

ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016